ads
ހުޅުމާލޭގަ އަޅަން ނިންމާފައިވާ ޕާކިން ބިލްޑިންގެ މޮޑެލްއެއް، ރައީސް ޑރ. މުއިއްޒު ބައްލަވާލައްވަނީ - ފޮޓޯ: ރައީސް އޮފީސް
މިއަހަރު މާލޭގައި ދެ ޕާކިން ބިލްޑިން އަޅަން ފަށަނީ
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިކަން ހާމަކުރެއްވީ ސަރުކާރުން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުން މިހާތަނަށް މަޑުޖެހިފައި އޮތީ ބޭރުގެ އެހީގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. ނަމަވެސް، އިތުރަށް މަޑުކުރުމުގެ ބަދަލުގައި މި އަހަރުގެ ތެރޭގައި މަދުވެގެން ދެ ބިލްޑިންގެ މަސައްކަތް ފެށުމަށް މިހާރު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ޕާކިން ބިލްޑިން، މަދުވެގެން ދެ ބިލްޑިންއެއްގެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ބިނާވެފައިވަނީ ހަމައެކަނި ވެރިރަށަށް ތަރައްޤީ ޖަމާކުރުމުގެ ބަދަލުގައި، މުޅި ރާއްޖޭގައި ހަމަހަމަ ފުރުސަތުތަކެއް ޤާއިމުކުރުމުގެ މައްޗަށް ކަމަށެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ހުޅުމާލޭގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް ބެޗް ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކާ ހަވާލުކޮށް މަސައްކަތް ފަށައިފަ އެވެ. އެ ކުންފުނިން 13 ބުރީގެ އިމާރާތް އަޅަން ނިންމާފައިވަނީ ހުޅުމާލޭގެ ފޭސް 1 ގަ އެވެ. 

ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ޕާކިން ބިލްޑިން އަޅާނީ ކުރިއަރާފައިވާ ގައުމުތަކުގައި އެފަދަ ބިލްޑިންތައް ގެންގުޅޭ ކޯޑުތަކަށެވެ. އެގޮތުން، އިމާރާތުގެ ތެރޭގައި ޓްރެފިކް ފްލޯއަށް އިސްކަންދީ، ކޮމާޝަލް ސްޕޭސް ހިމެނޭނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;