ads
އާމިރު ހާން
އާމިރު ޚާނަށް މަރުގެ އިންޒާރު: ތުހުމަތުގެ އިނގިލި ބިޝްނޯއީ ގޭންގަށް
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާނަށް މަރުގެ އިންޒާރެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެެވެ.
Advertisement

މި އިންޒާރު ގުޅިފައިވަނީ އިންޑިއާގެ ނުރައްކާތެރި ކުށްވެރިންގެ ނެޓްވޯކެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ ގޭންގާ ކަމަށް ތުހުމަތުކުރެވޭއިރު، މިއާއެކު އާމިރު ޚާން ވެސް ވަނީ އެ ގޭންގުގެ އަމާޒަކަށްވި ބޮލީވުޑް ތަރިންގެ ލިސްޓަށް އިތުރުވެފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އާމިރު ޚާނަށް މި މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ވޮއިސް ނޯޓެއް މެދުވެރިކޮށެވެ. މިކަން ސަމާލުކަމަށް އައުމާއެކު، މުމްބާއީ ފުލުހުން މިހާރު ދަނީ އެ ޕޯސްޓާއި ވޮއިސް ނޯޓަކީ ސައްހަ އެއްޗެއްތޯ ބަލައި، އެކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން މި މައްސަލައިގެ ހަގީގަތް ހޯދުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުގައި އާމިރު ޚާންގެ ފަރާތުން ނުވަތަ އޭނާގެ ޓީމުން އަދި މިހާތަނަށް ރަސްމީކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައެއް ނުވެއެވެ. އިންޑިއާގެ މީޑިއާތަކުން ދަނީ ބޮލީވުޑްގެ ތަރިންނަށް އަމާޒުކޮށް ދެމުންދާ މިފަދަ އިންޒާރުތަކުގެ މައްސަލަތައް ވަރަށް ގާތުން ބަލައި ރިޕޯޓުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;