ads
މިރޭގެ މެޗުގައި ހެޓްރިކް ހެދުމަށް ފަހު އިންގްލެންޑްގެ ބުކާޔާ ސަކާ (7) އުފާ ފާޅުކުރަނީ
ފްރާންސް ބަލިކޮށް އިންގްލެންޑުން ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިފި
އިންގްލެންޑުން މެޗު ކާމިޔާބުކުރީ 6-4 ން
ފީފާ ވޯލްޑް ކަޕް 2026 ގެ ތިންވަނަ ހޮވި މެޗުގައި ފްރާންސާ ދެކޮޅަށް ކުޅެ 6-4 ގެ ނަތީޖާއަކުން ކުރިހޯދައި، އިންގްލެންޑުން މުބާރާތުގެ ލޯ މެޑަލް ކާމިޔާބުކޮށްފި އެވެ.
Advertisement

އެމެރިކާގެ މަޔާމީ ސްޓޭޑިއަމުގައި ރޭ ކުޅުނު މި ފޯރިގަދަ މެޗުގައި ޑެކްލަން ރައިސް އާއި އެޒްރީ ކޮންސާގެ އިތުރުން ބުކާޔޯ ސަކާ ވަނީ ދެ ލަނޑު ޖަހާފަ އެވެ. ސަކާ ވެގެންގޮސްފައިވަނީ 1958 ވަނަ އަހަރު، ޕެލޭގެ އަށް ފަހު، ވޯލްޑް ކަޕެއްގައި ފްރާންސް ކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްގެ ފަހު މެޗުގައި އެ ޓީމުން ވަނީ ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ހަމަލާތައް ވަރުގަދަ ކޮށްފަ އެވެ. ކީލިއަން އެމްބާޕޭ ދެ ލަނޑު ޖަހައި ބްރެޑްލީ ބާކޯލާއަށް ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުން ނަތީޖާ 4-3 އަށް ބަދަލުވި އެވެ.

your imageއިންގްލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ. - ފޮޓޯ: ގެޓީއިމޭޖަސް


މި މެޗުގައި އެމްބާޕޭ ޖެހި ލަނޑުތަކާއެކު އޭނާ ވަނީ ލިއޮނަލް މެސީ ފަހަތަށް ޖައްސާލައި، ވޯލްޑް ކަޕް ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފަ އެވެ. އޭނާ މިހާރު ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 22 ލަނޑު ހަމަކޮށްފަ އެވެ. އެމްބާޕޭއަކީ 2022ގެ ވޯލްޑް ކަޕްގައި ވެސް ރަން ބޫޓު ހޯދި ކުޅުންތެރިޔާ އެވެ. 87 ވަނަ މިނިޓްގައި އިންގްލެންޑުން އެމީހުންގެ ފަސްވަނަ ގޯލް ޖެހި އެވެ. 

އިންގްލެންޑްގެ ފަސްވަނަ ގޯލް ޖަހާ އިނގިރޭސިންނަށް މިމުބާރާތުގައި ފުރަތަމަ ހެޓްރިކް ހަދައިދިނީ ޕެނަލްޓީ އަކުން ސާކާ އެވެ. އެއީ ޑީނޭ އަށް ސްޕެންސް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. 

your imageސަކާ، އޭނާ ވަނީ މެޗުގައި ހެޓްރިކް ހަދާފައި - ފޮޓޯ: ޕީއޭ


އޭގެފަހުން މެޗުގެ 90 މިނިޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 7 މިނިޓްގެ ތެރެއިން 6 ވަނަ މިނިޓްގައި ޑެމްބެލޭ ލަނޑު ޖަހާ ފާންސްގެ 4 ގޯލް ޖެހި އެވެ. ފަރަގު އަލުން ޕޮއިންޓަކަށް ކުޑަވެފައި ވަނިކޮށް، 8 ވަނަ މިނިޓްގައި ބެލިންގހަމް ލަނޑު ޖަހާ އިނގިރޭސީންނަށް ތިންވަނަ ކަށަވަރުކޮށްދިނެވެ. 

މިއީ 1966ގައި ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އިންގްލެންޑަށް މުބާރާތް ނިންމާލެވުނު އެންމެ ކާމިޔާބު ފަހަރެވެ. އޭގެ ކުރިން ތިން ވަނަ ހޮވަން ވާދަކުރި ތިން މެޗުން ވެސް ވީ ބައްޔެވެ. އެންމެ ފަހުން 2018ގެ ވޯލްޑް ކަޕްގައި ބެލްޖިއަމް އަތުން 2-0އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;