ads
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ވަނީ ގެއްލުން ދީފައި ފޮޓޯ: މިދުއާމް ސައުދު
ސްކޫލަކަށް ލިބުނު ގެއްލުމުގެ ޒިންމާ ޕީއެންސީން ނަގައިފި
މި މަހު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ގެންދަނިކޮށް ހިނގި ހަމަނުޖެހުމުގައި ހުޅުމާލޭގެ ކާމިލް ދީދީ ޕްރީ ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ އެ ޕާޓީން އަމިއްލައަށް ނަގައިފި އެވެ.
Advertisement

ޕީއެންސީން ބުނީ ވޯޓް ގުނަނިކޮށް ބަޔަކު ސްކޫލަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން ނަގައި، ގެއްލުން ލިބުނު ތަންތަން މަރާމާތުކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެކެވިފައިވާ ކަމަށެވެ. 

އެގޮތުން ސްކޫލުގެ ފަރާތުން މިހާރު އަންނަނީ ލިބުނު ގެއްލުންތަކުގެ ރިޕޯޓެއް ތައްޔާރުކުރަމުންކަން ޕީއެންސީން ބުންޏެވެ.

މި މަހުގެ 11 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ، ބޮޑު ހަމަނުޖެހުމެއް ހިނގި އެވެ. 

ސޯޝަލް މީޑިއާގައި ވެސް އާއްމުވި ވީޑިއޯ އިން އެކަކު އަނެކަކާ ދިމާއަށް، އެ ތަނުގައި ހުރި ގޮނޑިތައް އުކާ މަންޒަރާއި، އިންޒާރުދޭ އަޑު އިވެ އެވެ.

ޕީއެންސީ މެންބަރުން ކާމިލު ދީދީ ސްކޫލުގައި ހަމަނުޖެހުން ހިނގައި މާރާމާރީ ހިންގި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;