ads
އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގު އަދި ސީއެޗްއީސީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ، ތިލަފުށީ ބަނދަރުގެ ކީވޯލް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސަލާމްކުރައްވަނީ. - ފޮޓޯ: އެމްޕީއެލް
ވިޔަފާރި ބަނދަރުގެ މަގަތުފާލަމުގެ ބައެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، އެ ތަނުގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު އެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

އެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ މުހިންމު މަސައްކަތްތައް:

1. އިންޓަނޭޝަނަލް ކީ-ވޯލް: ބައިނަލްއަގުވާމީ މުދާ އުފުލާ ކޮންޓެއިނަރު ބޯޓުފަހަރަށް ހާއްސަކޮށްގެން 14.6 މީޓަރު ފުންމިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ހެދުން.

2. ޑޮމެސްޓިކް ކީ-ވޯލް: ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަކޮށް 5 މީޓަރު ފުންމިނުގެ 820 މީޓަރު ދިގު ކީ-ވޯލްއެއް ހެދުން.

މި މަޝްރޫއުގެ ބައެއް މަސައްކަތްތައް (100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި 3 ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުން) މިދިޔަ ޖޫންމަހުގައި ގައި އެމްޓީސީސީއާ ވެސް ވަނީ ހަވާލުކޮށްފަ އެވެ.

މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހިންގާ މި މަޝްރޫއު އެއްކޮށް ނިމޭއިރު، ތިލަފުށީގައި 1،000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، މާލޭ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަ 2،000 މީޓަރަށްވުރެ ދިގު ޑޮމެސްޓިކް ޓަރމިނަލްއެއް ގާއިމްކުރެވޭނެ އެވެ.

މުޅި މަޝްރޫއު ނިންމުމަށް އަމާޒު ހިފާފައިވަނީ 11 ނޮވެމްބަރު 2027 ގެ ނިޔަލަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;