ads
ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ
އަމީޒާ ޓެކްސް ކޮމިޝަނަރުކަމަށް އައްޔަންކޮށްފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ.ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ ޢައްޔަން ކުރައްވައިފިއެވެ.
Advertisement

ރައީސް އޮފީހުން ބުނީ އަމީޒާ އެ މަގާމަށް ޢައްޔަން ކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހުއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވި ފާތިމަތު އަމީޒާ ވަނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހްލާސްތެރިކަމާއެކު ހިދުމަތްކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ

އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ، ފާތިމަތު އަމީޒާ ވަނީ ޓެކްސްގެ ސިޔާސަތުތައް އިސްލާހުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، މުޅި މުއައްސަސާގެ ފެންވަރުގައި އާމްދަނީ އިތުރުކުރުމުގެ ރޮނގުން ސާބިތުކަމާއެކު މަސައްކަތްކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. 

ފާތިމަތު އަމީޒާގެ ހިދުމަތުގެ ދިގު މުއްދަތުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އެންފޯސްމަންޓް ޑިވިޒަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދީފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ފާތިމަތު އަމީޒާވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން މާސްޓާ އޮފް ސައިންސް އިން އެކައުންޓިން އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީއިން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ހާސިލުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;