އެމްއެންޑީއެފުން އާއްްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 23 ހާދިސާއަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވެ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެ ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގެ ތެރޭގައި އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. ރާއްޖޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮަތަށް އަލިފާނުގެ 12 ހާދިސާއެއް ހިނގާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މިދިޔަ ހަފްތާގައި އެމްއެންޑީއެފުން އެހީވެދިން ހާދިސާތައް
މިދިޔަ ހަފްތާގައި ހިނގި 23 ހާދިސާގެ ތެރެއިން 16 ހާދިސާއަށް އެހީތެރިވެދިނީ އެމްއެންޑީއެފް މާލެ އޭރިޔާ ކޮމާންޑުންނެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެއް ހާދިސާ،، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ތިން ހާދިސާއަށް އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަނީ ތިން ހާދިސާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;