މި ކޯލް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ ކޯލް ސެންޓަރު ހިދުމަތް ގާއިމުކުރުމާ އެކު މިނިސްޓްރީގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ވެގެންދާނެ އެވެ. އެގޮތުން އެފަރާތަކުން ބޭނުންވާ ޑިޕާޓްމަންޓަކާ ސީދާ ގުޅައި ބޭނުންވާ މަޢުލޫމާތު ސާފު ކުރުމަށް މަގުފަހިވެގެން ދާނެ އެވެ.
މިނިސްޓްރީގެ ކޯލް ސެންޓަރުގެ ނަންބަރަކީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ހޯދޭނެ އެވެ. އަދި އޭގެ އިތުރުން ބަންދުގަޑިތަކުގައިވެސް ހިދުމަތް ހޯދުމަށް އެ ނަމްބަރު ބޭނުން ކުރެވޭނެ އެވެ.
ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާ އިރު އެ ސިސްޓަމުގެ ކޮންމެ ކޯލެއް ލޮގްކުރެވިގެން ދާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;