އެ ކޯޓުން ބުނީ ވޭތުވެ މިދިޔަ އަހަރު ޑްރަގް ކޯޓުން 696 މީހެއްގެ މައްޗަށް ރިހިބިލިޓޭޝަން އަމުރުކޮށްފައިވާކަަމަށެވެ. އަދި އެ އަހަރުގެ ތެރޭގައި 513 ފަރާތަކުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމަށްވެސް ޑްރަގު ކޯޓުން ބުނެއެވެ.
ފަރުވާ ފުރިހަމަކުރަން ކޯޓުން ކުރި އަމުރާ ހިލާފުވެގެން، 217 މީހެއްގެ ފަރުވާގެ ޕްރޮގުރާމު ހުއްޓާލައި، އެ ފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ފުރަތަމަ ހުކުމް އިއާދަކޮށް، ޖަލުގައި އެ ހުކުމް ތަންފީޒު ކުރުމަށްވެސް މިދިޔަ އަހަރުގެ ތެރޭގައި އަމުރުކުރެވިފައިވާކަމަށް ޑްރަގު ކޯޓުން ބުނެއެވެ.
ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ހިތްވަރުދީ، މަސްތުން ދުރުވުމުގައި ހޯދި ކާމިޔާބު ފާހަގަކުރުމަށް ފަރުވާގެ ޕްރޮގްރާމު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހާއްސަ ހަފުލާއެއް ޑްރަގު ކޯޓުން ވަނީ ބާއްވާފައެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމް ހަޖައްސަވައިދެއްވުމަކީ އަދުގެ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ކ.ހިންމަފުށީގައި ޤާއިމުކުރެވިފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު މަރާމާތުކޮށް ޖާގަ އިތުރު ކުރުމުގެ ހާއްސަ މަސައްކަތެއް މިހާރު ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެކަން ނިމުމުން އެއް ފަހަރާ ގިނަ ބަޔަކަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;