ads
ތިލަފުށީ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ
ރެއިން ފެށިގެން ތިލަފުށީ ކުނިގަނޑުގައި ރޯވެ އަނދަނީ، އަދިވެސް ނުނިވޭ
ރެއިން ފެށިގެން ތިލަފުށީ ވެމްކޯ ސައިޓްގައި ރޯވެ އަނދަމުން އަންނަކަމަށައި އަދިވެސް އަލިފާން ގަނޑު ނިއްވާ ނުލެވޭކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ ރޭ 22:20 ހާއިރުކަމަށެވެ. އަދި އެވަގުތުން ފެށިގެން ތިލަފުށީ ފަޔާ ސްޓޭޝަނާއި، މާލެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

މިގޮތުން ކުރަމުންދާ މަސައްކަތުން އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު 08:00 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންނަމަވެސް އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔާ ފައިޓަރުން ދަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ރޯވެފައިވަނީ ކުނިގޮނޑެއްގައި ކަމުން އެއްކޮށް އަލިފާން ނިއްވާލުމަށް އިތުރު ވަގުތު އަދިވެސް ހޭދަވާނެކަމަށް ބެލެވޭކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;