ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރޭ 3:47 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިސްކިތަށް ބަޔަކު ގެއްލުން ދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި އެ ބަޔަކު ވަނީ އެއްޗަކުން ޖަހާ މިސްކިތުގެ މައި ދޮރުގެ ބިއްލޫރިތައް ތަޅާލާފައެވެ. އަދި މިސްކިތުގައި ބަހައްޓާފައި ހުރި މުސްހަފުތައްވެސް ވަނީ އުކާލާފައެވެ.
އަޒީޒާ މިސްކިތައް ގެއްލުން ދީފައި
މިސްކިތައް ގެއްލުން ދިން މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވަނީ އެ ހާދިސާ ހިނގިތާ އެތައް އިރެއް ފަހުން މިރެއެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.
ފަހަކަށް އައިސް މިސްކިތްތަކަށް ގެއއްލުން ދިނުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އަދި މިފަދަ އަމަލުކުރާ މީހުންނަށް އަޅާ ފިޔަވަޅުތަކެއް ފުލުހުން އާއްމެއް ނުކުރެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;