މި އަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ މާލޭގެ ވިޔަފާރު ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ކުރާ މަސައްކަތުގެ ކަންކަން މިއަދު ފެށޭނެކަން އިއުލާން ކުރައްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ ވިޔާފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތުގެ ދަށުން 100 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް ކުރަން މިއަދު އެމްޕީއެލުން ބަޔަކާއި ހަވާލުކުރާނެކަމަށެވެ. އަދި ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ 2 ކީލޯ މީޓަރުގެ ކީވޯލާއި ޕޭވްކުރުމާއި އިމާރާތްތައް އެޅުމުގެ މަސައްކަތާއި އަދި ތަކެތި ހޯދުމުގެ މަސައްކަތް މިއަހަރުގެ މެދު ތެެރޭގައި އެކި ފަރާތްތަކާއި ހަވާލުކުރެވޭނެކަމަށެވެ.