ads
އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަ ޕޯޓަލް
ތަފާސްހިސާބު ބަލައިލުމަށް ހާއްސަ ޒަމާނީ ޕޯޓަލްއެއް
ރާއްޖޭގެ އިންފްލޭޝަނާއި އިގުތިސާދީ ކުރިއެރުން އަދި އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ޒަމާނީ ޕޯޓަލްއެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ތައާރަފްކޮށްފި އެވެ.
Advertisement

މި ޕްލެޓްފޯމް ލޯންޗުކޮށްފައިވަނީ އެމްބީއެސް އަކީ ފަންނީގޮތުން މިނިވަން ގައުމީ ތަފާސްހިސާބު އޮފީހެއްގެ ގޮތުގައި ކަނޑައެޅި، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު ވުޖޫދަށް އައިތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހު އެވެ.

މި ޑޭޓާ އެކްސްޕްލޯރަ މެދުވެރިކޮށް ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި)ގެ މައުލޫމާތާއި، ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ)ގެ ތަފާސްހިސާބުތަކާއި އަދި އާބާދީގެ ލަފާކުރުންތައް އިންޓަރެކްޓިވްކޮށް ބަލައިލެވެ އެވެ. މީގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ އަދި ލުއި ޕްލެޓްފޯމެއްގެ ތެރެއިން ރަސްމީ މައުލޫމާތުތައް ހޯދައި ދެނެގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްބީއެސް ބުންޏެވެ. 

"މި ޕްލެޓްފޯމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގުތިސާދީ އަދި އާބާދީއަށް އަންނަ ބަދަލުތަކާމެދު އާންމުން ހޭލުންތެރިކުރުވުން،" އެމްބީއެސްއިން ބުންޏެވެ.

ތަފާސްހިސާބުގެ ގާނޫނުގެ ސަބަބުން ގައުމުގައި ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި، ބެލެހެއްޓުމާއި، ކޮންޓްރޯލްކުރުމާއި، އަދި އާންމުން ހޭލުންތެރިކުރުމާ ބެހޭ ގާނޫނީ އަދި މުއައްސަސާގެ އޮނިގަނޑު ވަނީ ވަރުގަދަވެފަ އެވެ. 

ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އެމްބީއެސް އިސްކޮށް ހިންގުމަށްޓަކައި ޗީފް ސްޓެޓިސްޓިޝަން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. 

މިބިއުރޯއާ ގުޅޭ ކަންކަމުގައި ޒިންމާވާންޖެހޭ ވުޒާރާއަކީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އެވެ. އެހެންވެ އެ ބިއުރޯ ހިންގަނީ މިނިސްޓަ އޮފް ފައިނޭންސްގެ އިރުޝާދުގެ ދަށުންނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;