ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދަން އިއުލާން ކުރީ، އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އެ މަގާމުން އިސްތިއުފާ ދެއްވުމުން، ތިން މަހެއްހާ ދުވަހު އެ މަގާމު ހުސްކޮށް އޮތުމަށް ފަހު އެވެ.
އަމްޖަދު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އޭނާ މިއަދު ވަނީ އައްޔަން ކުރައްވައިފަ އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލީ މީހުން:
1- މަރްޔަމް ނިހާޔަތު / މ. ތާޖު
2- އަހްމަދު ރިފްއަތު / ސީޕިޔާގެ ރ. މަޑުއްވަރި
3- އާދަމް ޝަމީމް / މަލާޒް ދ. މާއެނބޫދޫ
4- އިސްމާއީލް ސާޖިދު / މއ. ވިލާރޮދި
5- އާއިޝަތު ހިކްމާ / އަސްރަފީވިލާ ސ. ހިތަދޫ
6- އާމިނަތު ނަޝްމީ ފަޟީލް / މ. ޒޭވަރު
7- މުހައްމަދު ނިޔާޒް / ނައިޓްރޯސް މ. ރަތްމަންދޫ
8- މަރްޔަމް ޝަހާނާ / މ. މެދުރިޔާ
9- ހޫދު މުހައްމަދު / ވަލުގެ ގދ. މަޑަވެލި
10- ޝަފީގާ ނައީމް / ބީޗްސައިޑް ފ. ނިލަންދޫ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ހުށައަޅާ ފަރާތަކީ، އުމުރުން 60 އަހަރުން ދަށުގެ މީހަކަށް ވާންޖެހެ އެވެ. އަދި އިދާރީ ހިންގުމުން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު، އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމަކީ މި މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތެކެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު:
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސްވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;