2024 ވަނަ އަހަރުގެ ޖޫން މަހު، މި އަންހެން މީހާ ހައްޔަރު ކުރީ ހަނިމާދޫ އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކޮށް ބެލި ބެލުމުން އޭނާ އެ ވަގުތު އަޅައިގެން ހުރި ބްރާގެ ތެރޭގައި ފޮރުވާފައި ހުރި ދެ ވައްތަރެއްގެ މަސްތުވާތަކެތި ފެނުނެވެ. މި މައްސަލައިގައި ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ، ޖަދުވަލު 1 ގައިވާ މަސްތުވާތާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
މި ދެ މައްސަލައިގެ ޝަރިއަތުގައިވެސް އަންހެން މީހާވަނީ ކުށަށް އިންކާރުކޮށްފަ އެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި މައްސަލަ ސާބިތުވާ ކަމަށް ޝަރިއަތުން ނިންމީ އެވެ.
މި ދެ މައްސަލައިގެ ތެރެއިން ކޮންމެ މައްސަލައެއްގައިވެސް އަންހެން މީހާގެ މައްޗަށް އިއްވާފައިވަނީ 25 އަހަރުގެ ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެކެވެ. މާނައަކީ ޖުމްލަ 50 އަހަރާއި، ދެ ލައްކަ ރުފިޔާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;