ads
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ރަނގަޅަށް ތަންފީޒުނުކުރާ ސަބަބު ހޯދަނީ!
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ތަންފީޒު ނުކުރެވޭ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
Advertisement

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނަކީ ކުޑަކުދިން ކުރާ ކުށްތަކަށް ޖަވާބުދާރީކުރުވުމުގައި އެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށް، އިސްލާހުކުރުމަށް ބާރުއަޅާ ޒަމާނީ ގާނޫނެއް ނަމަވެސް، މި ގާނޫނު ތަންފީޒުކުރުމުގައި ބައެއް ކަންކަން ގާނޫނުގައިވާ ގޮތަށް ފުރިހަމައަށް ކުރިއަށް ނުދާކަން ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ފާހަގަކުރެއްވި ބައެއް ކަންކަމަކީ:

  • ވަސީލަތްތައް ގާއިމުވެފައި ނެތުން
  • ޑައިވާޝަން ޕްރޮގްރާމްތައް ހިންގަމުން ނުދިޔުން
  • ޚާއްސަ ތަމްރީނު ލިބިފައިވާ މުވައްޒަފުން މަދުވުން
  • ކުޑަކުދިން ބަންދުގައި ބޭތިއްބުމުގެ މައްސަލަ
  • އުމުރު ކަނޑައެޅުމުގެ ގޮންޖެހުން
  • މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ކުޑަވުން
  • ކުޑަކުދިންގެ ނާޖާއިޒް ފައިދާ ނަގާ ފަރާތްތަކާ ދެކޮޅަށް އެޅޭ ފިޔަވަޅު މަދުވުން
  • ގާނޫނު ތަންފީޒުކުރުމުގެ މަގުސަދުގައި އުފައްދާފައިވާ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ދައުރު ކުޑަވުން
  • އެހެން ގާނޫނުތަކާ ފުށުއެރުމުގެ ފުރުސަތު

މި ފަހަކަށް އައިސް މުޖުތަމައު ތެރޭގައި ހިނގާ މާރާމާރީއާއި ހަމަނުޖެހުންތަކުގައި ގިނައިން ޒުވާނުންނާއި ކުޑަކުދިން ބައިވެރިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ރޭ ވެސް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކު ސަރަހައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. 

މީގެ އިތުރުން، މި މަހުގެ 15 ވަނަ ދުވަހު ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި އުޅޭ ތިން ކުއްޖަކު ވެސް މާރާމާރީ ހިންގި މައްސަލައެއް ވެސް ފެންމަތިވި އެވެ.

މިއީ ކަންބޮޑުވުން ބޮޑު މައްސަލައަކަށް ވާއިރު، ފުލުހުން ބުނީ މިފަދަ ކަންކަން ވަރަށް ގާތުން ބަލައި، މާރާމާރީތައް މަދުކުރުމަށްޓަކައި އެކި ފެންވަރުގައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ބެލެނިވެރި އިދާރާއަކީ ހޯމް މިނިސްޓްރީ އެވެ. ނަމަވެސް، އޭ ގާނޫނު ތަންފީޒުކުރުމުގައި ބޮޑު ދައުރެއް ހެލްތު މިނިސްޓްރީން އަދާކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;