ads
ހުޅުމާލޭގައި ހަދަމުން އަންނަ މިސްކިތެއް
މިއަހަރު ނިމޭއިރު ހުޅުމާލެގައި ވަގުތީ މިސްކިތެއް ނުހުންނާނެ: ޝަހީމް
އަހަރުގެ ނިޔަލަށް ހުޅުމާލެގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލުމަކީ އަމާޒެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހުޅުމާލޭގައި މިވަގުތު ހަދަމުން  އަންނަ މިސްްކިތްތައް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަަމަށެވެ. އެގޮތުން މިނިސްޓްރީ އާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ހުޅުމާލެގައި ބިނާކުރަމުން އަންނަ ދާއިމީ މިސްކިތްތައް މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތްކުރަމުން އަންކަމަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. 

" އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލެގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލުން." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

your imageހުޅުމާލޭގައި ހަދަމުން އަންނަ މިސްކިތެއް

މިނިސްޓަރު ޝަހީމް ވިދާޅުވީ މަޝްރޫޢުތައް ނިންމުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވަމުން ގެންދަވާކަމަށެވެ. އެގޮތުން އިސްލާމީ ދާއިރާގެ މަޝްރޫއުތަކުގެ ތެރެއިން 16 މިސްކިތާއި، ޤުރްއާން މަރުކަޒުގެ ގޮފީގެ 2 މަޝްރޫއެއް އަންނަ ރޯދަމަހުގެ ކުރިން ނިމިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ފަހުކޮޅުގައި ވަޤުފު މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިގެންދާނެކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;