ފުއްޕާމޭގެ ބަލިތަކާ ބެހޭ ރާއްޖޭގެ ފުރަތަމަ އަންހެން ޑޮކްޓަރަކީ ފަރާހަތު މޫސާއެވެ.
އައިޖީއެމްއެޗުން ބުނީ ޑރ. ފަރާހަތު މޫސާ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާގެ ގޮތުގައި އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމާ ގުޅިވަޑައިގެންފައިވާކަމަށެވެ، އަދި ޑރ. ފަރާހަތު މޫސާ އެ ހޮސްޕިޓަލާއި ގުޅުވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.
ޑރ. ފަރާހަތުގެ ތަޖުރިބާއާއި މަސައްކަތަށް ބަހައްޓަވާ ފަރުވާތެރިކަމުގެ ސަބަބުން، ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު އިތުރަށް ހަރުދަނާވެ، ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
މި ދާއިރާއިން ރާއްޖޭގައި މީގެ ކުރިން ފަރުވާ ދެމުންދިޔައީ ދިވެހި ތިން ޑޮކްޓަރުންނެވެ. އަދި ޑރ. ފަރާހަތު ޚިދުމަތަށް ނުކުތުމާއިއެކު މި ދާއިރާގައި ދިވެހި ޑޮކްޓަރުންގެ އަދަދު މިވަނީ ހަތަރަކަށް އަރާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;