ads
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެފައި.
ހަނިމާދޫގައި ލޯންޗެއްގައި ރޯވި ހާދިސާގައި އަނިޔާވި ކެޕްޓަނަށް ފަރުވާދެނީ
ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، އެ ލޯންޗުގެ ކައްޕި އިތުރު ފަރުވާއަށް އެ އަތޮޅު ކުޅުދުއްފުއްޓަށް ބަދަލުކޮށްފި އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 12:10 ހާއިރު އެވެ. 

ފުލުހުން ބުނީ މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވީ ނަމަވެސް ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

މި ހާދިސާގައި ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. 

ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;