ads
ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމް - ފޮޓޯ: ޒޫމް
ގިނަ އަހަރު ތަކަކަށް ފަހު އާތިފްގެ އާ އަލްބަމެއް ރިލީޒްކުރަނީ
ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ އާ އަލްބަމެއް 18 ވަރަކަށް އަހަރުފަހުން ރިލީޒްކުރަން ނިންމިކަން އިއުލާނުކޮށްފި އެވެ.
Advertisement

"ސުބާ އާއޭ ނާ"ގެ ނަމުގައި ރިލީޒްކުރާ އާތިފްގެ މި އާ އަލްބަމްގައި މުޅި އެކު 8 ލަވަ ހިމަނާފައި ވެއެވެ. މި ލަވަތަކުގެ ލިސްޓެއް ވެސް އާތިފް ވަނީ މީސްމީޑިއާގެ މަންސައެއް ކަމުގައިވާ އިންސްޓަގްރާމްގައި އާންމުންނާ ހިއްސާކޮށްފަ އެވެ.

މި އަލްބަމް ރިލީޒްކުރާނެ ތާރީހެއް އަދި ރަސްމީކޮށް އާތިފް އިއުލާނުކޮށްފައެއް ނުވެ އެވެ.

ޕާކިސްތާންގެ އެންމެ ނުފޫޒު ގަދަ ފަންނާނުންގެ ތެރޭގައު ހިމެނޭ އާތިފް އަސްލަމް އެންމެ ފަހުން ނެރުނު އަލްބަމަކީ 2004 ގެ "ޖަލް ޕަރީ" އެވެ. އޭނަގެ އެހެން އަލްބަމްތަކަކީ 2008 ގެ "މޭރީ ކަހާނީ" އާއި 2006 ގެ "ދޫރީ" އެވެ.

އާތިފް އަސްލަމަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ވެސް މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ފަންނާނެކެވެ. ޕްލޭބެކް މިއުޒިކްގެ އިތުރުން އާތިފް ވަނީ ބައިނަލް އަގުވާމީ މިއުޒިކް އުފެއްދުންތެރިންނާ އެކު ވެސް މަސައްކަތްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;