ads
ބޭސް ފިހާރައަކުން މީހަކު ބޭސް ގަންނަނީ: - ފޮޓޯ:އަވަސް
އަސާސީ ބޭހުގެ ލިސްޓު މުރާޖައާކޮށް އަމަލުކުރަން ފަށަނީ
ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް އެއަށް އަމަލުކުރަން ފެށުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އަންގައިފި އެވެ.
Advertisement

އެމްއެފްޑީއޭއިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް، އަދާ ހަމަކޮށްފައިވާކަމަށެވެ. އެކަން އެގޮތަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި ކަމަށް އެ އޮތޯރިޓީން ބުންޏެެވެ.

މި ބަދަލާ ގުޅިގެން މިހާރު ހިންގަމުންދާ ފާމަސީތަކުން، ގިންތިކޮށްފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހޭނެ އެވެ. އަދި އަލަށް ހުޅުވާ ފާމަސީ ރަޖިސްޓްރީ ކުރުމަށް ފަހު، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީ ގައި ބަހައްޓަން ޖެހޭ ބޭސް ހަމަކުރުމުން ކަމުގައި އެމްއެފްޑީއޭއިން ބުންޏެވެ. 

ފާމަސީތައް ގިންތި ކޮށްފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ގައިޑްލައިން އެ އޮތޯރިޓީގެ ވެބްސައިޓުންނާއި، ހެލްތް މިނިސްޓްރީގެ ވެބްސައިޓުގެ އިތުރުން ދިރިތި ޕޯޓަލްއިން ފެންނަން ހުންނާނެކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭ އިތުރު ތަފުސީލު އެ އޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސްގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައިގެން ހޯދޭނެ ކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;