އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް، އެތަކެތި ބޭނުންކުރުމަށް ހިތްވަރުދީ އެއާ ގުޅޭ މައުލޫމާތުތައް އެކި ޕްލެޓްފޯމްތަކުގައި ދައުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް، ސާބިތުނުހިފޭ މައުލޫމާތު ހިމަނައިގެން މިފަދަ ތަކެތި މާކެޓުކުރުމަކީ އާންމުންނަށް މައުލޫމާތު އޮޅި، ސިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެއްކަމަށް އެމް.އެފް.ޑީ.އޭ ނެރުނު ބަޔާނުގައިވެއެވެ.
ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު ގެ ދަށުން، ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ ބަލިތަކުގެ ފަރުވާއަށް ރަނގަޅުވާނެ ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާކަމެއްކަމަށްވެސް އެމްއެފްޑީއޭގެ ބުނެއެވެ. އަދި ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ހާއްސަ ސިފައެއްގެ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ހަގީގަތާ ހިލާފަށް ނުވަތަ ހަގީގަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރު ކުރުމަކީ ވެސް މަނާކަމެއްކަމަށް އެ އޮތޯރިޓީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;