ސަރުކާރު ކުންފުނިތައް ރެގިއުލޭޓްކޮށް ބަލަހައްޓާ ޕީސީބީން ބުނީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ ނިޔާޒު ވަކިކުރީ މިއަދުން ފެށިގެންކަމަށެވެ. އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީއަކުން ނުބުނެއެވެ.
2007 ވަނަ އަހަރު އެމްޓީޑީސީގެ މަސައްކަތް ފަށައިގަތް ދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށް އެ ކުންފުނީގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް މި ސަރުކާރުން ނިޔާޒު އައްޔަންކުރީ ނޮވެމްބަރު 2023 ގަ އެވެ.
ނިޔާޒް ވަނީ އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަމާއި އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރުކަން ކުރައްވައިފައެވެ. އަދި 2016-2018 އަށް އެމްޓީސީސީގެ ޗެއާމަންގެ މަގާމުވެސް ނިޔާޒު ވަނީ ފުރުއްވާފައެވެ. އޭގެއިތުރުން އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމާއި 2013-2016 އަށް އެސްޓީއޯގެ ޗެއާމަންކަންވެސް ނިޔާޒު ވަނީ ފުރުއްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;