ads
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ހާފް މެރަތަން 2026 (އެމްއެޗްއެމް26)ގެ އެކްސްލޫސިވް ބޭންކިން ޕާޓްނަރުގެ ގޮތުގައި އައިރަނާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ދުވުން ބާންވަން ހަމަޖެހިފައި ވަނީ އޮގަސްޓް 14 ވަނަ ދުވަހުއެވެ. 2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ،5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއާ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައް ހިމެނެއެވެ.

މި ދުވުމުގެ ހަރަކާތުގެ އިތުރުން، އައިރަނާސް އިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ އެކްސްޕޯއެއް ހުޅުމާލޭ ރަނިން ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓް 11 އިން 13 އަށެވެ.

އެމްއެޗްއެމް26 އަށް ރަޖިސްޓާކޮށްގެން ލިބޭ ފައިސާގެ ތެރެއިން ބައެއް ޕްރޮޓެކްޓް ރީފް ކެމްޕޭންގެ ދަށުން މިއަހަރު އެ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ސޭވް ދަ ބީޗް އަށް ހަދިޔާކުރާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;