ހަލީމް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ހިދުމަތްކުރުމަށް މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީނު ފުރިހަމަކޮށް ގުޅުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ކާމިޔާބާއި ނުހަނު އުފަލާއެކު ފާހަގަކުރާކަމަށެވެ.
މީގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނޭކަން ހަލީމް ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗް ގައި ހިދުމަތްކުރުމަށް އަލަށް ގުޅުނު ބައެއް ޑޮކްޓަރުން
މީގެއިތުރުން ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނޭކަން ހަލީމް ފާހަގަކުރެއްވިއެވެ. އަދި އޭގެއިތުރުން ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީ.އެން.ޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލާ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އިތުރު ޑޮކްޓަރުންވެސް އަލަށް ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ގުޅުނުކަން ހަލީމް ފާހަގަކުރެއްވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗް ގައި ހިދުމަތްކުރުމަށް އަލަށް ގުޅުނު ބައެއް ޑޮކްޓަރުން
ހަލީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށާއި، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ތަސައްވުރާ އެއްގޮތަށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލާ ސާޖަރީ، އިންޓާވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތް ތައާރަފް ކުރުމާއި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ހިދުމަތްތައް މިއަހަރު ފެށިގެންދާނެކަމަށެވެ. އަދި މިއީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗް ގައި ހިދުމަތްކުރުމަށް އަލަށް ގުޅުނު ބައެއް ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގައި މަސައްކަތް ކުރައްވާ ހުރިހާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އެލައިޑް ހެލްތް ޕްރޮފެޝަނަލުންނާއި، ޓެކްނީޝަނުންނާއި، ސަޕޯޓް މުވައްޒަފުންނާއި އެންމެހާ އިދާރީ މުވައްޒަފުންނަށް ހިތުގެއަޑިން ޝުކުރު އަދާކުރާކަން ހަލީމް ވަނީ ފާހަގަކުރައްވާފައެވެ. ހަލީމް ވަނީ ހޮސްޕިޓަލްތަކަށް އަންނަ އެންމެހާ ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް އަޅާލުމާއި، ހިތްހެޔޮކަމާއި އަދި އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ހިދުމަތްތެއް އިތުރަށް މަސައްކަތް ކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;