ads
ބޭތުމަގު އަލަށް ތަރައްގީކުރި ބައިގައި މުއްތަލިބު ގަހެއް އިންދަވަނީ
ބޭރުމަގު އަލަށް ހެދިބައި މާދަމާ ހަވީރު އާއްމުކޮށް ހުޅުވައިލަނީ
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް ހެދި ބައި މާދަމާ ހަވީރު އާއްމުކޮށް ހުޅުވާލާނެކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ 24 ވަނަ ދުވަހު އެވެ.

ބޮޑުތަކުރުފާނު މަގުގައިި އަލަށް ތަރައްގީކުރި ޕާކިން ޒޯނުގައި ގަސް އިންދުމަށް މިއަދު ބޭއްވި ހަރަކާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މަގުގެ މަސައްކަތް އެއްކޮށް ނިމި މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އާންމުންނަށް ހުޅުވާލާނެކަމަށެވެ. 

" ދެން އަޅުގަނޑުމެންގެ ވިސްނުމަކީ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު ހަތަރަކުން ފެށިގެން އާންމުންނަށް މަގު ހުޅުވައިލުން. ވަކި ރަސްމިއްޔާތެއް ބާއްވާ ގޮތަކަށް ނޫން އޮތީކީ،" މުއްތަލިބު ވިދާޅުވިއެވެ.

your imageބޭރުމަގު އަލަށް ހެދިބައިގެ މަސައްކަތް ނިންމާފައި

ބޮޑުތަކުރުފާނު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ދަށުން އެމަގުގެ ބޭރު ތޮއްޓާއި ވީ ފަޅީގައި ވަނީ ދިވެހި ރުއް އިންދާފައެވެ. 

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތެރެއިން ބީއެމްއެލްގެ ހެޑް އޮފީސްް ކުރިމަތީ ފަޅު ތެރެއިން ބޮޑު ބައެއް ހިއްކާ ޕާކިން ޒޯނެއް ވަނީ ހަދާފައެވެ. މޮ ޕާކިން ޒޯން ހަދާފައިވަނީ ފޮރިން މިނިސްޓްރީ އިމާރާތް ނިމޭ ހިސާބުން ފެށިގެން ސިޓީ ގާޑެން ރެސްޓޯރަންޓާއި ހަމައަށް އޮންނަ ހިސާބު ފަޅުން ބައެއް ހިއްކައިގެންނެވެ.  އެ ސަރަހައްދަކީ ރަށްރަށުންނާއި ރިސޯޓްތަކުން މާލެ އަންނަ ލޯންޗު ފަހަރު ގާތްކުރާ ސަރަހައްދަށްވުމުން އެ ސަރަހައްދަކީ އާއްމުކޮށް ބާރު ބޮޑުވާ ހިސާބެކެވެ. 

your imageބޭރުމަގުގެ ފަޅުން ބައެއް ހިއްކައިގެން އެމަގުގައި ހެދި ޕާކިން އޭރިޔާ

ބޭރުމަގުގައި އަލަށް ޕާކިން އޭރިޔާ ހަދާތީ އެ މަގު ތަރައްގީކޮށް ނިންމާ އެ މަގު ބޭނުންކުރަން ފެށުމުން މަގުގައި ޕާކު ނުކުރެވޭނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;