މި ފަހުން މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައި، މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައި ވަނީ ނިންމައިފަ އެވެ.
އެންމެ ޒަމާނީ ފެންވަރަށް އަދި ވަރަށް ޗާލުކޮށް ހަދާފައިވާ އެ މަގުގެ ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި މިއަދު ހަވީރުން ފެށިގެން ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތި ތަރުތީބުކޮށް ބޭއްވުމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.
ބޮޑުތަކުރުފާނު މަގުން ޒަމާނީ ފެންވަރަށް ހެދި ބައިގައި ޕާކްކުރުުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ވަނީ 500 ޖާގައިގެ ޕާކިން ޒޯނެއް ހަދައިފަ އެވެ. އެ ތަނުގައި އެއްފަހަރާ 500 ސައިކަލް ޕާކް ކުރެވޭނެ އެވެ.
ފާހަގަކުރެވޭ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދުގައި ދިވެހި ރުކާއި ހިޔާ ދޭ ގިނަ އަދަދެއްގެ ގަސްތައް ވަނީ އިންދައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;