ads
ބޭރުމަގު އަލަށް ހެދިބައި މިއަދު ހުޅުވާލުމުން އެމަގުގައި އުޅަނދުތައް ދުއްވަނީ
ފުލުހުންގެ އިންޒާރު، ބޭރުމަގު އަލަށް ހެދި ބައިގައި ޕާކުކުރާނަމަ ފިޔަވަޅު އަޅާނަން
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ހިދުމަތުން ދީފިއެވެ.
Advertisement

ބޭރުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގައި ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދު ތާރު އަޅައިގެން ހެދުމަށް ފަހު މިއަދު ހަވީރު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. 

އެ ސަރަހައްދު އަލުން ހަދާ ނިންމިއިރު ބީއެމްއެލްގެ ހެޑް އޮފީސްް ކުރިމަތީ ފަޅު ތެރެއިން ބޮޑު ބައެއް ހިއްކާ ޕާކިން ޒޯނެއް ވަނީ ހަދާފައެވެ. އެ ޕާކިން ޒޯނަކީ 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއްކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިމަގު އަލުން ހަދާ ހުޅުވާލުމުން ފުލުހުން ބުނީ މާލެ ވަށައިގެންވާ ބޮޑުތަކުރުފާނުމަގު އެއްކޮށް މިހާރު ހުޅުވާލާފައި ވާއިރު، އެ މަގުގައި ޕާކްކުރުމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި އުޅަނދުތައް ޕާކް ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާކަމަށެވެ. އަދަި އެމަގުގައި ޕާކު ކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ. 

" ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި އުޅަނދުތައް ޕާކުކުރުމަކީ މަގުގެ ދަތުރުފަތުރަށް ބުރޫއަރައި، އާންމުންގެ ރައްކާތެރިކަމަށް ހުރަސް އެޅޭނެ ކަމެއް ކަމަށްވާތީ، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންދާނެ ވާހަކަ ދަންނަވަމެވެ." ފުލުހުންގެ އިންޒާރު މެސެޖުގައިވެއެވެ.

your imageބޭރުމަގުގައި އަލަށް ހެދި ޕާކިން ޒޯން

ބޭރުމަގުގައި އަލަށް ޕާކިން އޭރިޔާ ހަދާތީ އެ މަގު ތަރައްގީކޮށް ނިންމާ އެ މަގު ބޭނުންކުރަން ފެށުމުން މަގުގައި ޕާކު ނުކުރެވޭނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ. 

ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;