ads
މާޗްމަހު ބޭއްވި އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން - ފޮޓޯ: އެފްއޭއެމް
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިރޭ
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
Advertisement

ކޮންގްރެސްގެ އެޖެންޑާއާ ގުޅޭ އެއްވެސް ތަފްސީލެއް، އެފްއޭއެމުން އިސްވެ މީޑީއާއަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އަސާސީގަވާއިދަށް ގެންނަ ބަދަލުތަކަކީ ކޮބައިކަމެއް ވެސް އެ އެސޯސިއޭޝަނުން މީޑިއާގައި ނުބުނެ އެވެ. 

ބެލެވޭގޮތުގައި، އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކަކީ ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަށް މަގުފަހި ކުރުމުގެ ގޮތުން ހުށަހަޅާ އިސްލާހުތަކެކެވެ. ބައެއް މަސްދަރުތަކުން ހާމަވާން ހުރި މައުލޫމާތު ތަކަށް ބަލާއިރު، މިރޭ އެޖެންޑާކޮށްފައިވާ ކަންކަމަކީ:

 1. އެފްއޭއެމްގެ އަސާސީ ގަވާއިދަށް ހުށަހަޅިފައިވާ އިސްލާހުތައް ހުށަހެޅުން

 2. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓްބޯޅަ އިތުރަށް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން އެފްއޭއެމްގެ ދަށުން ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ނިންމުން ފާސްކުރުން

އެފްއޭއެމުން އެންމެ ފަހުން ކޮންގްރެސްއެއް ބޭއްވީ މިދިޔަ މާޗް 4 ގަ އެވެ. އޭރު ބޭއްވި އޯޑިނަރީ ކޮންގްރެސްގެ ޔައުމިއްޔާ ފާސް ކުރުމަށް ވެސް މިރޭ ވޯޓަށް އަހަން ހަމަޖެިފައިވެ އެވެ.

މިރޭގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން، އެފްއޭއެމްގެ އެކްސްކޯއިން ފާސް ކުރީ މި މަހުގެ 4 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;