"ތާ އައިލެންޑް ކްލަސްޓަ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ އަމާޒަކީ އާއްމުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށް، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި ސަރަހައްދީ އިގްތިސާދު ކުރިއެރުވުމަށް އިސްކަންދިނުމެވެ.
175 މިލިއަން ޑޮލަރުގެ މި އެއްބަސްވުމުގެ ތެރޭގައި މަލްޓި-އައިލެންޑް އިކޯސިސްޓަމްގައި ސޯލާ އަދި ސްޓޯރޭޖް ނިޒާމުތަކާއި ކަނޑުގެ ހަކަތަ ބޭނުންކުރުމުގެ ޕައިލެޓް ޕްރޮގްރާމްތައް އަދި މަތީ ފެންވަރުގެ އިކޯ-ރިސޯޓްތައް ހިމެނެ އެވެ.
މި މަޝްރޫއަށް ބޭނުންވާ މާލީ އެހީތެރިކަމާއި އިސް ސްޓްރެޓީޖިކް އިރުޝާދު ދެނީ އެމެރަލްޑް ގްރޫޕްގެ ޗެއާމަން ޑރ. ސައިލޭޝް ލާޗޫ ހިރަނަންދާނީ އެވެ. މި މަޝްރޫއުގެ އަމަލީ ހުރިހާ މަސައްކަތެއް ރާއްޖޭގައި އިސްކޮށް ބަލަހައްޓަވާނީ ބްލޫ ސިނާޖީގެ މެނޭޖިން ޑިރެކްޓާ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވި މުހައްމަދު ފަޔާޒު އެވެ.
ނ. އަތޮޅުގައި ވެސް ޓައުންޝިޕެއް ތަރައްގީ ކުރަން މި އަހަރުގެ ޖެނުއަރީގައި ބިންގާ އަޅާފައިވެ އެވެ. އެ މަޝްރޫއު ހިންގަނީ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގަ އެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫއު އެވެ.
މީހުން ދިރިއުޅޭ އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގުތިސާދީ އެހެން ބައެއް މަސައްކަތްތައް ވެސް ކުރެވޭ ގޮތަށް "ސަސްޓެއިނަބުލް ޓައުންޝިޕް" ތަރައްގީކުރަން ފަށާ މަޝްރޫއުތަކާއިއެކު ރާއްޖޭގެ ޓޫރިޒަމް މޮޑެލް ބަދަލުވާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;