ޖުމްހޫރީ މައިދާނުގައި އޮތް މި ރަސްމިއްޔާތުގައި ދިދަ ނެގުމަށް ފަހު ގައުމީ ދިފާއީ ބާރުގެ ބޭންޑް ޕާޓީއިން ވަނީ ގައުމީ ސަލާމްކުޅެފަ އެވެ.
މި ރަސްމިއްޔާތުގައި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިވަން ދުވަސް ފާހަގަކުރަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެކު ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ގަބޫލުކުރި މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;