ފުލުހުން ބުނި ގޮތުގައި، ތިނަދޫގައި ހިނގި މި ހާދިސާގައި ޖިންސީ ގޯނާ އަދި އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 22 އަހަރުގެ އަންހެނެކެވެ.
އެ އަންހެންމީހާއަށް ގޯނާކުރި މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް މީހަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލައިގެ ފުޅާ ތަހުގީގެއް ހިންގުމަށްޓަކައި މާލެއިން ފޮނުވި ފުލުހުންގެ ހާއްސަ ޓީމެއް މިހާރުވެސް ތިނަދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިންގެ ނާޖާއިޒު ފައިދާ ނަގައި އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހުރިހާ ތުހުމަތުތަކާ ގުޅިގެން، ފުލުހުން އަންނަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރިއަށް ގެންދަމުންނެވެ.