ads
ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ހިލޭ ޑޭޓާ އަދި އިތުރު އޮފާތައް!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިރާގުން ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.
Advertisement

ދިރާގުން ބުނީ މި އޮފާގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.

މި ޑޭޓާ ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް މިއަދު އިރުއޮއްސި 6:00 ގެ ކުރިން އެކްޓިވޭޓް ކުރެވޭނެ އެވެ.

މިއީ މިނިވަން ދުވަހުގެ ޗުއްޓީގައި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށް، މުއާމަލާތް ކުރުމުގައި ލުއިފަސޭހަކަން ފޯރުކޮށް ދިނުމުގެ ގޮތުން ފަހިކޮށްދީފައިވާ ފުރުސަތެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ގޭގެ އިންޓަނެޓްގެ ހިދުމަތް އަޕްގްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، ދިރާގުން ވަނީ ލިމިޓެއްނެތް ފައިބަގެ ހާއްސަ އޮފާއެއްވެސް އިއުލާންކޮށްފަ އެވެ.

މި ގޮތުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ލިމިޓެއްނެތް ފައިބަ ކަނެކްޝަނަކަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް، ރައުޓަރާއި ކަނެކްޝަން މުޅިން ހިލޭ ލިބޭނެ ކަމަށާއި މީގެ ސަބަބުން އިތުރު ހަރަދަކާ ނުލައި، ހަލުވި އަދި އިތުބާރު ހުރި ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ކަސްޓަމަރުންނަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ހަމައެއާއެކު، މި އޮފާގެ ދަށުން ލިމިޓެއްނެތް ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެލައިޑް އިންޝުއަރެންސްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

މި ސްކީމްގެ ދަށުން ގޭގައި ހުންނަ މުދަލުގެ 20 އަށްވުރެ ގިނަ ބާވަތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް 150،000 ރުފިޔާއާ ހަމައަށް އިންޝުއަރެންސް ކަވަރޭޖް ލިބިގެންދާނެ އެވެ.

އެހެންކަމުން، މި އޮފާ މެދުވެރިކޮށް ހަލުވި އިންޓަނެޓާއެކު ގޭގެ މުދަލަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެ ކަމެއްކަން ދިރާގުން ފާހަގަކުރެ އެވެ.

މި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގުން މަސައްކަތް ކުރަމުން އަންނަނީ ޒަމާނީ ޑިޖިޓަލް ހިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން މުއްސަނދިކޮށް، ކަސްޓަމަރުންނަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;