ލަޮކްޑައުން ފެށުނު ފަހުން ގޭތެރޭ ތަފާތު ގިނަ ކަންތައްތަކެއް ކުރަމުން އައިސް މިހާރު ނިކްގެ ހޮބީ އަކީ ލަޓޭ އާޓް ކަމަށް ނިކް ވަނީ ބުނެފައެވެ.
އާދައިގެ ފަތް ފަދަ އެއްޗެހީގެ ކުރެހުންތަކުން ދަސްކުރަން ފެށި ހުނަރު އިތުރަށް ތަރައްގީ ކުރުމަށް ގިރާ ހުރިހާ ކޮފީ އެއް ބޮއިގެން ނިކް އުޅެނީ ނުނިދާ ކަމަށް އޭނާގެ އަންހެނުން ބުނެއެވެ.
ދަ ވޮއިސްގެ ކޯޗެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ ނިކް އިންސްޓަގްރާމްގައި ވަނީ އޭނާ މިހާރު އެންމެ ކުރާ ހިތުން ކުރާ އެއް ކަމަކީ ލެޓޭ އާޓް ކަމަށާއި ހުރިހާ އެންމެން މިކަމާ އެހާ އުފާވާހެން ހީނުވާ ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން ޕްރިޔަންކާ ވަނީ ނިކް ކޮފީތައް ބޮއިގެން މޮޔަވާ ކަމަށް ވެސް ބުނެފައެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ޑިސެންބަރު މިދެތަރިން ކައިވެނިކޮށްފައި ވާއިރު، މިދެތަރިންގެ ކައިވެނި ވެގެން ގޮސްފައި ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކައިވެންޏަކަށެވެ.