ސަލްމާން އަމިއްލައަށް ކިޔައި، ޑައިރެކްޓް ކޮށް އަދި އެކްޓު ކޮށްފައިވާ މި ލަވައިން އޭނާ އާ އެކު ފެނިގެންދަނީ ޖެކޮލިން އެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން އިންޑިއާ ލޮކްޑައުންއަށް ދިޔަ އިރު އޭނާގެ ފާމް ހައުސްގައި ހުރި ސަލްމާން ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާގެ ފުރަތަމަ ސިންގަލް، ޕިޔާރް ކަރޯނާ ރިލީސްކޮށްފަ އެވެ. ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް ފެތުރިގެންދާ މިދުވަސްކޮޅު އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވެ ލޯބިވުމުގެ މުހިންމު ކަމަގެ މައްޗަށް ހެދި މި ލަވައަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފަ އެވެ.
ސަލްމާންގެ ދެވަނަ ލަވަ އޭނާ މިހާރު ހުރި ފާމް ހައުސްގައި ޝޫޓް ކޮށްފައިވާ އިރު، މިލަވަ ޝޫޓް ކޮށްފައި ވަނީ ލޮކްޑައުންގެ ހުރިހާ ގަވައިދުތަކާ އެއްގޮތައްކަމަށް އޭނާ ބުނެއެވެ.
ތޭރޭ ބިނާ، ކިޔާ މި ލަވަ އަކީ ލޯބީގެ ލަވައެއް ކަމަށް ސަލްމާން ފާހަގަކުރެއެވެ.