މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޕްރޮޑަކްޝަން ޓީމުން މިހާރު ދަނީ މި ފިލްމުގައި ހާއްސަ ފެނިލުމެއް ނުވަތަ ކެމިއޯ ރޯލެއް ކުޅުމަށް ކެޓްރީނާއާއެކު މަޝްވަރާ ކުރަމުންނެވެ. މި ފިލްމަކީ އިއުލާން ކުރި ދުވަހުން ފެށިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ބޮޑު ބަޖެޓު ފިލްމެކެވެ.
ފިލްމުގެ މަސައްކަތްތައް ފެށުނުއިރު ޕްރަބާސްއާއެކު ބަތަލާގެ ރޯލުން ފެންނާނެ ކަމަށް އިއުލާން ކުރީ ދީޕިކާ ޕަދްކޯންއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ދީޕިކާ ވަނީ މި މަޝްރޫއުން ވަކިވެފައެވެ. ދީޕިކާ ފިލްމުން ވަކިވުމާ ގުޅިގެން، އޭނާގެ ބަދަލުގައި ފިލްމުގެ މައި ބަތަލާގެ ރޯލަށް މިހާރު ވަނީ ޓްރިޕްތީ ދިމްރީ ހަމަޖައްސާފައެވެ.
ޓްރިޕްތީއަކީ ފަހަކަށް އައިސް ބޮލީވުޑްގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ހުނަރުވެރި ބަތަލާއެކެވެ. ކެޓްރީނާ ކައިފް މި ފިލްމާ ގުޅޭނެ ކަމުގެ ހަބަރުތައް ފެތުރެމުންދާއިރު، މިއީ އޭނާގެ ހާއްސަ ފެނިލުމެއް ފެންނާނެ މުހިންމު ރޯލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފިލްމު އުފައްދާ ޓީމުން ނުވަތަ ކެޓްރީނާގެ ފަރާތުން އަދި ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;