ads
ވައިކުޑައިގައި ދިޔަ މީހާ މޫދަށް ވެއްޓެނީ
މާފުށިގައި ވައިކުޑައެއް ފަަޅައިގެން ގޮސް މީހަކު މަތިން ވެއްޓިއްޖެ
ކ. މާފުށީ ކައިރިން ވައިކުޑައިގައި ދިޔަ މީހެއްގެ ވައިކުޑަ ފަޅައިިގެން ގޮސް މަތިން ވެއްޓިއްޖެއެވެ.
Advertisement

ވައިކުޑައިގައި ދިޔަ މީހާ ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. 

އެ ވީޑިއޯއިން ފެންނަ ގޮތުމުން އެމީހާ ޕެރަސެއިލިން ކުރަމުންދިޔަ ވައިކުޑަ ފަޅައިގެން ގޮސް ވެއްޓި ވައިކުޑަ އެޅެނީ މާފުއްޓާއި ކުޑަމާފުއްޓާ ދެމެދު އަޅާފައިވާ ޒިޕްލައިނުގައެވެ. އެއާއި އެކު ޕެރަސެއިލިން ކުރަމުން ދިޔާ މީހާ ވައިކުޑަ ކަނޑާލާ މޫދަށް ފުންމާލާތަން ފެނެއެވެ.  

މޫދަށް ފުންމާލި މީހާ ސަލާމަތްކޮށް ނަގަނީ އެ ސަރަހައްދުގައި ޖެޓްސްކީ ކުރަމުން ދިޔަ މީހެކެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ވީޑިއޯއިން ފެންނަ ގޮތުން އެމީހާ ދުއްވަމުން ދިޔަ ވައިކުޑަ ފަޅައިގެންދިޔައިރު އޭނާ އޮތީ އެހާ މައްޗަކު ނޫނެވެ. އަދި އޭނާގެ އޮންނަނީވެސް މޫދާ ދިމާލަށެވެ. 

ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މާފުށީގައި ޓްއަރިސްޓުންނަށް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;