މިނިސްޓްރީން މިކަން ހާމަކުރީ މި ޝޯ ކެންސަލް ކުރަން ސަރުކާރުން އަންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ފަރާތުން އެދިފައިވަނީ ސޯޝަލް ސެންޓަރުގެ ބަދަލުގައި އެހެން ތަނެއްގައި އެ ޝޯ ބޭއްވުމަށެވެ. ސޯޝަލް ސެންޓަރުގައި ޝޯ ބޭއްވުމަށް މިނިސްޓްރީން އިއުތިރާޒު ކުރީ، އެތަނުގެ އިންޑޯ ހޯލާއި ފުރާޅުގެ މަރާމާތުތަކެއް ކުރަން ހުރުމުގެ ސަބަބުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ޝޯ ބޭއްވުމަށް އެހެން ތަނެއް ހަމަޖެއްސުމުގައި އެހީތެރިވެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓްރީން ވަނީ ޝޯ އިންތިޒާމުކުރާ ފަރާތަށް ދީފަ އެވެ. މިނިސްޓްރީގެ މަގްސަދަކީ ޝޯ ހުއްޓުވުން ނޫން ކަމަށާއި، އެކަން ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ހޯދައިދިނުން ކަމަށްވެސް ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޝޯ، ރާއްޖޭގައި މަނާކޮށްގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ހުރިހާ ދިވެހިންގެ ތަނަކަށް ވާއިރު، ޒުވާނުން އެދޭ ކަންކަން ކުރެވޭނެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;