ބިންހެލުމުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ ކުމަކޮޓޯ ސިޓީގައި ހުންނަ ފިހާރަބަރިއެއް ވެއްޓުނު ހާދިސާގަ އެވެ. އެ ފިހާރަބަރީގެ އިމާރާތުގެ ދަށުވެ ތިން މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، އެ ތަނުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު ހަތަރު މީހަކު ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.
ބިންހެލުމުގައި އަނިޔާވި އެތައް ބަޔަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ބިންހެލުން އައި ސަރަހައްދަކީ ގާތްގަނޑަކަށް 700،000 މީހުންގެ އާބާދީއެއް އޮންނަ މެދުތެރޭ ކިއުޝޫގެ އެންމެ ބޮޑު ސިޓީ ކުމާމޮޓޯ ސިޓީގެ ދެކުނުން ގާތްގަނޑަކަށް 20 ކިލޯމީޓަރު (12 މޭލު) ދުރެވެ.
އެ ބިންހެލުމާ ގުޅިގެން މިހާތަނަށް ތިން ލައްކަ މީހުން ވަގުތީ ހިޔާތަކަށް ދިޔުމަށް އިރުޝާދު ދީފައި ވާއިރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކަށް އެތައް ސަތޭކަ ސިފައިން ވަނީ ނެރެފައެވެ.
ބިންހެލުމުގެ އަސަރު އަދިވެސް ހަފްތާއެއް ވަންދެން ކޮށްފާނެތީ އާންމުން ސަމާލުވެ ތިބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފަ އެވެ.
އެންމެ ބާރުގަދަ ބިންހެލުން އައި ސަރަހައްދުތަކުގެ ރައްޔިތުންނަށް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު ބާރު ބިންހެލުންތަކެއް އައުމުގެ ނުރައްކާ އެބައޮތް ކަމަށް ބުނެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;