މިއަދުގެ ޖަލްސާގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވުމަށް ފަހު އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވަނީ، ވެމްކޯގެ ތިލަފުށީ ސައިޓުގައި ރޯވުމުގެ ސަބަބުން އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދިއުމާ ދެކޮޅަށް ތަޅުމުގައި އަޑު އުފުއްލަވައިފަ އެވެ.
ޒިޔާދު އަޑު އުފުއްލަވަމުން ގެންދަވަނިކޮށް އޭނާގެ ނަން އިއްވަވައި ތަޅުމުން އޭނާ ވަނީ ބޭރުކޮށްލައިފަ އެވެ. ފިއްޓޭ އަޑު މަޑުނުކުރެއްވުމުން އޭނާގެ ނަން އިއްވައި، މަޖިލިހުގެ ތަޅުމުން ބޭރުކޮށްލެއްވުމަށް ފަހު ސަލީމް ވިދާޅުވީ، މަޖިލީހަކީ ކެތްތެރިކަމާ އެކު، މަސައްކަތް ކުރަން ޖެހޭ ތަނެއް ކަމަށާއި މެންބަރުންނަކީ ތަސައްރަފު ފުދޭ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ބިލުތަކަށް ބަހުސްކުރައްވާއިރު ބަސްމަގު ގެންގުޅުއްވާ ގޮތުންނާއި މެންބަރުން ތަޅުމުގައި އަމަލުކުރައްވާ ގޮތާ މެދު ހިތްހަމަނުޖެހި، އަބަދު ވެސް މެންބަރުންނަށް ފާޑުކިއުން އަމާޒުވެއެވެ. އެގޮތުން ހުށަހެޅޭ ބިލުތަކަށް ސީދާ ބަހުސްކުރެއްވުމުގެ ބަދަލުގައި ބައެއް މެންބަރުން ސިޔާސީ ފާޑުވިދާޅުވުންތައް ވިދާޅުވާތީ ރައްޔިތުންގެ ފާޑުކިއުން އެކަމަށް އަމާޒުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;