މިއީ މިދިޔަ އަހަރުގެ މި ކުއާޓާ އާއި އަޅާބަލާއިރު %71 އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެެއްގެ ގޮތުގައި އެސްޓީއޯ އިން ފާހަގަކުރީ މެދުއިރުމަތީ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމެވެ.
އެ ގޮތުން ތެލުގެ އަގު މަތިވުމާއިއެކު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެގޮތުން ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ނަތީޖާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ދަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމާއިއެކު، ޖުމްލަ ފައިދާއަށް ކުރި އަސަރުވަނީ ކުޑަކުރެވިފަ އެވެ. އެގޮތުން، މި ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 757 މިލިއަން ރުފިޔާ އެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުންކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. ތެލުގެ އަގު މަތިވުމާއިއެކު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެގޮތުން ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ނަތީޖާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ ދަށްވެފަ އެވެ.
ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމާއި ފައިނޭންސް ކުރުމަށް ކުރެވުނު ހަރަދު މެނޭޖްކުރުމާއިއެކު ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ވަނީ 335 މިލިއަން ރުފިޔާ ލިބިފަ އެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 280 މިލިއަން ރުފިޔާ ލިބިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;