ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
ގަމު ކައުންސިލުން ބުނީ އަމްޖާޒްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ 12:00 ހާއިރުކަމަށެވެ އަދި ރޭ ދަންވަރު 2:00 ގެ ފަހުން އޭނާގެ ފޯނަށްވެސް ނުގުޅޭކަމަށް އާއިލާއިން ބުނެފައިވާކަމަށްވެސް ގަމު ކައުންސިލުން ބުނެއެވެ.
އަމްޖާޒް އެންމެ ފަހުން ލައިގެން ހުރީ މަޑު ފެހި ކުލައެއްގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސެއް ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ .
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9502503 އަށް ގުޅުމަށް އާއިލާއިން ވަނީ އެދިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;