މިދިޔަ އާދިއްތަ ދުވަހު، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެމްޑީޕީން ވެރިކަން ކުރި ކޮންމެ ފަހަރަކު ވެސް "ޕްރޯ އިޒްރޭލް" ސިޔާސަތެއް ތަންފީޒު ކުރި ކަމަށެވެ.
އިޒުރޭލާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައީސް ނަޝީދު ރައްދު ދެއްވީ ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އިޒުރޭލުގެ ސިޔާސަތުތަކަށް ތާއީދު ކުރާ ޕާޓީއެއް ނޫން ކަމަށެވެ.
އިޒްރޭލުގެ ލާއިންސާނީ އަަމަލުތައް ހަނދާން ނައްތާނުލެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ވާހަކަދައްކަވާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް އޮންނާނީ، މިނިވަންކަމަށް ޓަކައި އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ރައީސް މުއިއްޒު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އޭގެ ގެއްލުން ލިބޭނެ ކަންކަން ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މިދިޔަ މާޗް މަހު ރައީސް މުއިއްޒި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަރަބިގައުމުތަކަށް ހަމަލާދިނުމަށް އީރާނަށް ހިތްވަރުދެއްވި ކަމަށާއި އެކަމުން ލިބޭނީ ގެއްލުން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;