ads
މަރްޔަމް ނަޒުލީނާ
އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީގެ ބޯޑަށް ނަޒުލީނާ އައްޔަނުކޮށްފި
އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް)ގެ ބޯޑުގެ އެކައުންޓިން އެންޑް ފައިނޭންސް މެންބަރުކަމުގެ މަގާމަށް މަރްޔަމް ނަޒުލީނާ މިއަދު އައްޔަނުކޮށްފި އެވެ.
Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެ މަގާމަށް ނަޒްލީނާ، ދަފްތަރު ނަންބަރު ރސ8557، އައްޔަންކުރީ މިއަދު އެވެ.

ނަޒްލީނާ ވަނީ ފައިނޭންޝަލް ރިޕޯޓިން، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓަޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފަ އެވެ.

އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ ފިނޭންސް މިނިސްޓްރީގެ ސީނިއާ އައިއެފްއެމްއައިއެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމެވެ.

ތައުލީމީ ގޮތުން ބަލާއިރު، ނަޒުލީނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައި، މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ބެޗްލާ އޮފް ކޮމާސް ފުރިހަމަކުރައްވާފައެވެ.

އައިޑީއެސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރަށްރަށާއި އާބާދީ ބޮޑު ސަރަހައްދުތަކުގައި ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތްކުރުމާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމެވެ. އެ ކުންފުނިން ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ގުޅިގެން ޗައިނާގެ އެކްސްސީއެމްޖީ ކުންފުނިން 230 ޔުނިޓުގެ ބަރު އާލާތްތަކާއި އުޅަނދުފަހަރު ރާއްޖެ ގެނައުމުގެ މަޝްރޫއެއް ހިންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;