މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ އަތޮޅުގެ ނިޔަލަށެވެ. އެ އިދާރާއިން އެ ސަރަހައްދުތަކަށް ނެރުނު އެލާޓްގައިވަނީ އެ ހިސާބުގެ ރަށްތަކަށް ބޯކޮށް ވާރޭހޭނެކަަމަށެވެ.
ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެެއެވެ. އަދި އެލާޓް ނެރެފައިވާ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 07:30 އިން 11:30 ގެ ނިޔަލަށެވެ.
މީގެއިތުރުން ފ އަތޮޅުން ފެށިގެން އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް އެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައްވެސް ގަދަވާާނެކަމަށްް މެޓް އޮފީހުން ބުނެެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;