ads
މާފުށީ ބޭރުގައި އޮތް ސަފާރީ އެ ރަށު ފަރުމައްޗަށް ފުނޑުފުނޑުވެފައި.ފޮޓޯ: އެމްވީ ކްރައިސިސް
މާފުށީ ބޭރުގައި އޮތް ސަފާރީ އެ ރަށު ފަރުމައްޗަށް ފުނޑުފުނޑު ވެއްޖެ
މާފުށީ ބޭރުގައި އޮތް ސަފާރީ އެ ރަށު ފަރުމައްޗަށް ފުނޑުފުނޑު ވެއްޖެއެވެ.
Advertisement

އެނގިފައިވާ ގޮތުގައި ކ. މާފުށީ ބޭރުގައި އޮންނަ ޕްރިންސެސް ލާލަ (މާފުށީ ފްލޯޓިން ބާ)  އެރަށު ފަރު މައްޗަށް އެރީ ނަގިލި ކަހާލައިގެން ގޮހެވެ. މި ސަފާރީއަކީ އެރަށަށް ދާ ޓްއަރިސްޓުން ދިޔުމަށް އަބަދުވެސް އެރަށު ބޭރުގައި އޮންނަ ސަފާރީއެކެވެ. 

ސަފާރީ ތޮށިމައްޗަށް ބީހުނުތަން ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ސަފާރީ ތޮށި މައްޗަށް ބީހުމުން އޭގައި ތިބި މީހުން މޫދަށް ފުންމާލާތަން ފެނެއެވެ. އަދި އިރުކޮޅެއްގެ ތެރޭގައި މުޅި ސަފާރީ ފުނޑުފުނޑު ވެގެންދާ ތަންވެސް ފެނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއް އަދި ސާފެއް ނުވެއެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ އަތޮޅުގެ ނިޔަލަށެވެ. އެ އިދާރާއިން އެ ސަރަހައްދުތަކަށް ނެރުނު އެލާޓްގައިވަނީ އެ ހިސާބުގެ ރަށްތަކަށް ބޯކޮށް ވާރޭހޭނެކަަމަށެވެ. 

ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި 50  މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެެއެވެ. އަދި އެލާޓް ނެރެފައިވާ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 07:30 އިން 11:30 ގެ ނިޔަލަށެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;