މި އެންގުން ނެރެފައިވަނީ ވިޔަފާރި އުސޫލުން ބާޒާރަށް ނެރެފައިވާ ސްޕްރައުޓްސްގެ ވަކި ލޮޓްތަކަކުން އީ-ކޯލައި އަދި ސަލްމޮނެލާ ޖަރާސީމު ފެނުމާ ގުޅިގެންނެވެ.
އެމެރިކާގެ ކަމާބެހޭ ސިއްޙީ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މި އަވަސް އެންގުން ނެރެން ޖެހުނީ އީ-ކޯލައި އަދި ސަލްމޮނެލާ ޖަރާސީމު އެކުއެކީގައި ތަޣައްޔަރުވެ ފެތުރެމުންދާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ. މި ދެ ޖަރާސީމުން ތަޣައްޔަރުވެފައިވަނީ ވިޔަފާރި އުޞޫލުން ބާޒާރަށް ނެރެފައިވާ ސްޕްރައުޓްސްގެ ވަކި ލޮޓްތަކެކެވެ.
މި ނުރައްކާތެރި ޖަރާސީމުތައް ފެނުނު ކާބޯތަކެތި ވަނީ އެމެރިކާގެ 15 ސްޓޭޓަކަށް ބެހެވިފަ އެވެ. އަދި އެމެރިކާގެ އިތުރުން ބައިނަލް އަގުވާމީ ބާޒާރުތަކަށް ވެސް މި ތަކެތި ފޮނުވާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން، މި ބާވަތްތައް ބާޒާރުން އަނބުރާ ނެގުމަށް އިދާރާތަކުން ވަނީ އަންގާފަ އެވެ.
ސިއްޙީ އިދާރާތަކުން ދަނީ މި މައްސަލައާ ގުޅިގެން އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އާންމުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ވަރަށް އިސްކަމެއް ދީގެން ކުރަމުންނެވެ.