ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދިޔަ ލެބޯޓްރީ ޓެސްޓުތަކުން ދައްކާގޮތުގައި، ގޯރީ އަދި ޗާންދްނީ ކްރީމްގައި ވަނީ ސިއްހަތަށް އިންތިހާއަށް ނުރައްކާތެރި މިންވަރަކަށް މާކަރީގެ އިތުރުން އެހެނިހެން ބަރު މެޓަލްތައް (ހެވީ މެޓަލްސް) އެކުލެވިގެންނެވެ. ޓެސްޓުތަކުން ސާބިތުވި ގޮތުގައި މި އުފެއްދުންތަކުގައި ވިހަ މާއްދާތައް ހުރީ އާންމު ސިއްހަތަށް ނުރައްކާވާ ވަރަށް މަތީ މިންވަރަކަށެވެ.
މި ކްރީމްތައް ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރި އަންހެނުންގެ ކިޑްނީ ބޮޑެތި ގެއްލުންތަކެއް ލިބި، ގުރުދާ މުޅިން ހަލާކުވެގެން (ކިޑްނީ ފެއިލްވެގެން) ގޮސްފައިވާ މައްސަލަތައް ޑޮކްޓަރުން ވަނީ ރިޕޯޓްކުރައްވާފައެވެ. މި މައްސަލައާ ގުޅިގެން ޑޮކްޓަރުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން މިފަދަ އުފެއްދުންތައް ބޭނުންކުރުމުގެ ނުރައްކާތެރިކަން ފާހަގަކުރައްވާފަ އެވެ.
އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން ނެރުނު މުޅި ގައުމަށް އަމާޒުކުރެވުނު އިންޒާރުގައި ވަނީ މިފަދަ ނުރައްކާތެރި މާއްދާތައް އެކުލެވޭ އުފެއްދުންތައް ބޭނުންކުރުމުން ދުރުހެލިވުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;