ads
ބަބުލް މިއަހް
މީހަކު މެރި ބަންގްލަދޭޝް މީހާ އުމުރަށް ޖަލަށް، މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ
ތ. ގުރައިދޫގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް ޢަލަމްއަށް ތޫނު އެއްޗަކުން ހަމަލާދީ ޤަޞްދުގައި މަރާލި މައްސަލައިގައި، އެ ގައުމުގެ ބަބުލް މިއަހްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.
Advertisement

މެއި 2020 ގައި ހިނގި މި ހާދިސާގައި ބަބުލް މިއަހް ވަނީ ތޫނު އެއްޗެހި ބޭނުންކޮށްގެން ޝާހް ޢަލަމްގެ ކަރަށާއި މޭމައްޗަށް އަދި ބުރަކަށީގެ އެކި ތަންތަނަށް ނުރައްކާތެރި ހަމަލާތަކެއް ދީ މަރާލާފައެވެ.

މި މައްސަލައިގައި ދިފާއުން އޭނާ އަމަލުކުރީ ނަފްސުގެ ދިފާއުގައި ކަމަށް ބުނި ނަމަވެސް، ދައުލަތުން ހުށަހެޅި ފޮރެންސިކް ހެކި، ޑީއެންއޭ އަދި ހެކިންގެ ހެކިބަހުން ބަބުލް މިއަހް ދެއްކި ވާހަކަތަކަކީ ދޮގުކަން ސާބިތުވާތީ، ގާޟީ އަލްއުސްތާޒް މުޒައްމިލު ނާޞިރު ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަޞްދުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅުއްވައި، އުމުރު ދުވަހުގެ ޖަލު އަދަބަކާއެކު މަރުގެ ދިޔަ ދެއްކުމަށް އަމުރުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް