ޕީއެންއެފް އިން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މިހާތަނަށްވެސް ޕީއެންއެފް ހިންގީ ސަރުކާރުންދޭ ފައިސާ އިން ނޫން ކަމަށެވެ. އަދި މިހާތަނަށް ޕާޓީ ހިންގިނ ހެޔޮ އެދޭ ފަރާތްތަކުން ދޭ އެހީގައިކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ ސަރުކާރު އެންމެ ބޮޑަށް ޖަވާބުދާރީކުރުވަނީ އެޕާޓީކަމަށެވެ.
ސިޔާސީ ޕާޓީގެ ގަވައިދު ބުނާގޮތުން ދައުލަތުން ސިޔާސީ ޕާޓިއަށް ފައިސާ ދޫކުރަނީ އެ ޕާޓިއެއްގައި 10،000 މެމްބަރުން ހަމަވާނަމައެވެ. ރައީސް ޔާމީން އިއްވެ ހުންނަވާ އުފެއްދެވި ޕީއެންއެފަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު އެޕާޓީގެ މްމެބަރުންގެ އަދަދަކީ 3،137 މެމްބަރުންނެވެ.
ރޭގެ ޖަލްސާގައި ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވާފައެވެ. ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޕާޓީއަށް ވަންނަ މީހުންގެ މައުލޫމާތު ވެރިކަން ކުރާ ޕީއެންސީއަށް ބަރާބަރަށް ލިބެމުންދާކަމަށެވެ. އަދި އެއީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ނޫނީ ނުވާނެ ކަމެއް ކަމަށްވެސް ޔާމީން ވަނީ ތުހުމަތު ކުރައްވައިފައެވެ.
ޔާމީން ވިދާޅުވީ ޕީއެންއެފްގެ އިސް ސަފުގައި ތިބި މީހުންނަކީ ނަގޫ ފިތިފައި ތިބި ބައެއް ނޫން ކަމަށެވެ. އަދި އެއީ ޖަލަށް ލާފާނެތީ ބިރުގަންނާނެ ބައެއް ވެސް ނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;